ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހަޅާއިރު ތިރީގައިވާ ލިޔުންތަށް ހުށަހަޅަންވާނެއެވެ. ހުރިހާ ލިޔުންތައް ހަމަވާތާ 7 ދުވަސް ތެރޭގައި ނޫސް ރަޖިސްޓްރީ ކޮށްދެވޭނެއެވެ.
މަސްއޫލުވެރިޔާ
- މަސްއޫލުވެރިޔާއަކީ ކުލަބް ޖަމްއިއްޔާ، ޕާޓީ، ވިޔަފާރި ކުންފުނި ފަދަ ތަންތަން ނަމަ އެތަންތަނުގެ އަސާސީ އަދި ހިންގާ ގަވާޢިދު.
- މަސްއޫލުވެރިޔާއަކީ ކުލަބް ޖަމްއިއްޔާ، ޕާޓީ، ވިޔަފާރި ކުންފުނި ފަދަ ތަނެއްނޫން ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ނޫހަށް ކިޔާ ނަމަކީ ވިޔަފާރި ނަމެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ނަމެއް ކަމުގައިވުން، އަދި ވިޔަފާރި ނަމެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ރަޖިސްޓްރީގެ ކޮޕީ.
- ނޫސްމަޖައްލާފަދަ ތަކެތީގެ އިދާރާއަކަށް ހުށަހަޅާ ތަނަކީ މަސްއޫލުވެރިޔާގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ތަނެއް ކަމުގައި ނުވާނަމަ އިދާރާއަކަށް އެތަނެއް ހަމަޖެއްސުމާއިމެދު އެތަނެއްގެ ވެރުފަރާތުގެ އިޢުތިރާޟްއް ނެތްކަމުގެ ލިޔުން އަދި އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ
- މަސްއޫލުވެރިޔާއަކީ ކުލަބް ޖަމްއިއްޔާ، ޕާޓީ، ވިޔަފާރި ކުންފުނި ފަދަ ތަނެއްނޫން ނަމަ، މަސްއޫލުވެރިޔާގެ ޤާނޫނީ މައްސަލަ ސާފުކުރާ ފޯމް
- ރަޖިސްޓްރީކުރުމަށް ހުށަހަޅާ ނޫސްމަޖައްލާގެ ވެބްސައިޓްގެ ޑޮމެއިން (މަސްއޫލުވެރިޔާގެ ނަމުގައި) ނަގާފައިވާ ކަމުގެ ލިޔުމުގެ ކޮޕީ
އެޑިޓަރ
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ނޫސްވެރިކަމުގެ ދާއިރާއިން ޑިގްރީއެއް ހާސިލްކޮށްފައިވުން ނުވަތަ ނޫސްވެރިކަމުގެ ދާއިރާގައި 7 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން
- އެޑިޓަރުގެ ޤާނޫނީ މައްސަލަ ސާފުކުރާ ފޯމް
- އެޑިޓަރުގެ ޕޮލިސް ރެކޯޑް ފޯމް
- ނޫހުގެ އެޑިޓަރ ކަން ޤަބޫލު ކުރާ ކަމުގެ ސިޓީއެއް
ރަޖިސްޓްރީ ކުރެވިފައިވާ ނޫހެއްގެ އެއްވެސް މައުލޫމާތެއް ބަދަލުވެއްޖެނަމަ، އެކަމާ ގުޅިގެން ހުށަހަޅަންޖެހޭ ލިޔުންތަކާއިއެކު މި މިނިސްޓްރީއަށް އަންގަންވާނެއެވެ.
މަރުހަލާ 1
ރަޖިސްޓަރީ ފޯމް ޑައުންލޯޑު ކުރައްވާ
މަރުހަލާ 2
ފޯމު ފުރުއްވާ! ސޮއިކުރެއްވުމަށްފަހު ތައްގަނޑު ޖައްސަވާ!
މަރުހަލާ 3
ފުރުއްވާފައިވާ ފޯމު ހުށަހަޅުއްވާ!